ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ޕޮޒިޓިވްވެ، ކ. ގާފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތު ސާވިސް އަލީ ހާޝިމް މިއަދު "ވަން" އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނެގި ރެންޑަމް ދެ ސާމްޕަލް އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައި ވަނީ އެރަށު ސްކޫލުގެ ޓީޗަރަކާއި މަސައްކަތު މީހެއް ކަމަށް ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވީ އެ ދެ ކޭސްއާ ގުޅިގެން މިއަދު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައްވެސް ނިމިފައިވާ ކަމަށެވެ. އެގޮތުން މިއަދުވެސް 80 ސާމްޕަލެއް ނަގައި މާލެ ފޮނުވާފައިވާ ކަމަށާއި މާދަމާވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ދެ ކޭސްއާ ގުޅިގެން ރަށުގެ ފިޔަވަޅުތައް މިހާރު ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްވެއުޅުމާއި ޒަރޫރީ ހާލަތުގައި ނޫނީ ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު