މާލެ އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ރަސްފަރީގެ ފަރަށް ބޮޑު އާގު ބޯޓެއް އުރިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް، އާގު ބޯޓެއް އުރިގެން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ފަރަށް އުރިފައިވަނީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ބޮޑު ކާގޯ ބޯޓެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އާގުބޯޓުތައް ޓެރެކް ކުރާ ވެސްލް ފައިންޑަރ އިން ދައްކާ ގޮތުން އެ ބޯޓަކީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދާ ބޯޓެކެވެ. އެހެން ކަމުން ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން އައި އެ ބޯޓުގައި ރާއްޖޭގެ މުދާ ހުރި ކަމަކަށް ނުބެލެވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު