ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ލީޑާޝިޕްގައި ހިމެނޭ ބޭފުޅުން ކެމްޕެއިން ކުރެއްވުމަށް އަތޮޅުތަކަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މިހާރު ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ. އަދި މަޖިލިސް އޮތީ ޑެޑްލޮކެއްގައި ކަމަށާއި މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައި އެ ފުރުސަތު އެހެން ބޭފުޅަކަށް ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައިސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި ސަރުކާރުގެ ރޭވުން އޮތީވެސް ރައީސް ނަޝީދު އެންބުރި ރާއްޖެ ނުގެންނަން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާކަމުގައިވަނީ ނަމަ އެ ފުރުސަތު އެމްޑީޕީ ނޫން މީހަކަށް ދޭން ޖެހޭނެ ކަމަށާއި އޭރަށް ހުރިހާ ބާރެއް އެއްވެފަ އޮންނަ އެއްވުމަށް ލުއިކަމެއް ލިބޭނެ ކަމަށެވެ.
މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ އަށްފަހު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު