އާރުޑީސީ އޮފީސް ފަޅާލި އެއްވެސް މައްސަލައަކާއި ސިޔާސީ އެއްވެސް ކަމަކާ އަދި ބަޔަކާ ގުޅުމެއް އޮތް ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި ވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ އެޗްޑީސިގެ އޮފީސް ފަޅާލި މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތްކުރަނީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެއިން ކޮންމެ ފަހަރަކު ހައްޔަރު ކުރެވޭ މީހުންގެ ތެރޭގައި އާރުޑީސީގެ އެއްވެސް މުވައްޒަފަކު ހިމެނިފައި ނުވާ ކަމަށާއި އެކުންފުނީގައި ވަގުން ނޫޅޭ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އާރްޑީސީ ފަޅާލައި ވައްކަން ކުރި އެއްވެސް މައްސަލައަކާ ސިޔާސީ އެއްވެސް ކަމަކާ އަދި ބަޔަކާ ގުޅުމެއް އޮތް ކަމަށް ތަހުގީގަށް ފާހަގަ ވެފައި ނުވާ ކަމަށެވެ.
އާރްޑީސީ އޮފީސް ވަނީ ތިން ފަހަރެއްގެ މަތިން ފަޅާލައިފަ އެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައިވެސް އެ އޮފީސް ފަޅާލައި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު