ޑައިމަންޑްސް އުތުރުގާ ބީޗް އެންޑް ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ޑައިމަންޑްސް އުތުރުގާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 8:22 ހާއިރު ކަމަށާއި މިހާރު ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގެ ކޮން ތަނެއްގައި ކަމާއި ރޯވެގެން ލިބުނު ގެއްލުމުގެ މައުލޫމާތު ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު