ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފައިސާ ހޯދުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލި ފުރުސަތައް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އައިއޭސީން ވަނީ ބަންގްލަދޭޝްގެ ނިކަމެތީން ދިރިއުޅޭ ހިސާބެއްގައި މިސްކިތެއް ހެދުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްޔެގެ ވަގުތެއްގައި ހުޅުވާލައިފައެވެ.

އެ މިސްކިތް ހެދުމަށް ޖުމުލަ 471،622.50 ރުފިޔާ ހަރަދުވާއިރު އައިއޭސީން ދިވެހިންގެ ކިބައިން އެދުނީ 152،350.50 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.

އައިއޭސީން ރޭ ބުނީ، މިސްކިތް ހެދޭ ވަރަށް ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެހެން ވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

މިސްކިތް ހެދުމަށް ފޮނުވާ އެހީ މީގެ ފަހުން ބޭނުންކުރާނީ އެފަދަ އެހެން މިސްކިތްތައް ހެދުމަށް ކަމަށްވެސް އައިއޭސީން ބުންޏެވެ.