2023 ވަނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި ސިޔާސީ ޕާޓީއަކުން ވާދަކުރެއްވުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށް ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ) ގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު އިސްކޮށް ހުންނަވައި އުފެއްދި ޑީއެންއޭއިން ވަނީ 2023 ވަނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމައިފައެވެ.
ޑީއެންއޭއިން ބުނީ، ކޮންމެ ޕާޓީއެއްގެ މީހަކަށްވެސް އަދި އަމިއްލަ ގޮތުން ވާދަކުރާ މީހަކަށްވެސް ޑީއެންއޭގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅު ކުރެވޭނެ ކަމަށެވެ. އެގޮތުން އުމަރު ނަސީރަށްވެސް އެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އުމަރު ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގައި އޭނާގެ ވިސްނުން އަދި ހުރީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ކަމަށާއި ޑީއެންއޭގެ ފަރާތުން ވާދަކުރަން އަދި ނުނިންމަވާ ކަމަށެވެ.
"ޑީއެންއޭ އެއީ އަދި ހަރަކާތެއް، ޕާޓީއަކަށް ބަދަލުކޮށްގެން ދެއްތޯ ރިޔާސީ ކެންޑިޑޭޓަކު ނެރެވޭނީ. އަދި ވަކި ގޮތެއް އަޅުގަނޑު ނުނިންމަން،" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ޑީއެންއޭ ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމަށް އަދި ނުނިންމާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު