މާލޭގެ ގެއެއްގައި އަލިފާން ރޯވެ، ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ މއ. އެމްޓޭޝަން ގޭގައި ކަމަށާއި އަލިފާނުގެ ހާދިސާއެއް ހިނގީ އެގޭގެ ކޮޓަރިއެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.
ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:45 ހާއިރު ކަމަށާއި އަދި އަލިފާން ނިއްވާލާފައިވަނީ 8:04 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެ ގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން އަލިފާން ރޯވީ ކޮޓަރީގައި ހުރި އަންނައުނާއި ސޯފާ އަދި ގޮދަނޑީގައެވެ. މި ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައިނުވާއިރު، އެމްއެންޑީއެފުން އަދިވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު