ފުޓުބޯޅައަށް ލޯބިކުރާ، ހާއްސަކޮށް ޕްރިމިއާ ލީގަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއަރ އިން އަގުހުރި އިނާމުތަކާއެކު ފެންޓަސީ ޕްރިމިއާރ ލީގު ފަށައިފިއެވެ.
"ވެލިގާ އެފްޕީއެލް 2021/22" ގެ ނަމުގައި ކުރިޔަށްގެންދާ މިލީގަކީ ހުރިހާ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ މަސައްކަތްތެރިންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދާ ލީގެކެވެ. ލީގުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކަށް ލީގު ކޯޑު 4urvnt ބޭނުން ކޮއްގެން ލީގަށް ޖޮއިން ކުރެވޭނެއެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް 31 ޑިސެމްބަރ 2021 އާއި ހަމައަށް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ލީގުގައި ކޮންމެ މަހަކުވެސް އެއްވަނައިގައި އޮންނަ މެނޭޖަރު ހޮވާނެއެވެ. ކޮންމެ މަހަކުވެސް އެއްވަނައަށް ހޮވޭ މެނޭޖަރަކަށް އޮރިޖިނަލް ޖޯޒީ އަކާއި ގިފްޓް ހެމްޕާއެއް ލިބޭނެއެވެ. މުޅި ސީޒަން ނިމޭއިރު ލީގުގެ އެއްވަނައިގައި އޮންނަ ފަރާތަކަށް 30,000 ރުފިޔާ، ދެވަނައިގައި އޮންނަ ފަރާތަކަށް 20,000 ރުފިޔާ، އަދި ތިންވަނައިގައި އޮންނަ ފަރާތަކަށް ޕްލޭސްޓޭޟަން 5އެއް ލިބޭނެއެވެ. އޭގެ އިތުރުން އިތުރު 10 ފަރާތަކަށް އޮރިޖިނަލް ޖޯޒީ އަކާއި 2,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
ވެލިގާއިން ބުނެފައި ވަނީ ޕްރިމިއާ ލީގުގެ އާ ސީޒަނާ ދިމާކޮަށް، ފެންޓަސީ ލީގެއް ހިންގުމުގެ މަގުސަދަކީ ފެންޓަސީ ޕްރިމިއާ ލީގަކީ ގިނަ ދިވެހިން އަދި ވެލިގާ ހާޑްވެއާގެ ވެސް ގިނަ ކަސްޓަމަރުންގެ މެދުގައި މަގުބޫލް މުބާރާތަކަށްވުމާއެކު، ކަސްޓަމަރުނާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކޮށްލާ، އެކުވެރިކަން އާލާކުރުމެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން މިމަހު 14 ވަނަ ދުވަހު ފެށޭނެއެވެ. ފެންޓަސީ ޕްރިމިއާ ލީގަކީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު މުބާރާތެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު