މި ސަރުކާރުގެ ވެރިން މަރުކޮމިޝަނަށް ހާޒިރުކުރާނެ ދުވަސް ދުރެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިކަމަށް ރައްދު ދެއްވަމުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި، މީގެ ދެ އަހަރު ކުރިން ގެއްލުނު ޝިމާ ނާފިޒް އަށްވީ ގޮތެއް މިހާ ގިނަ ދުވަސްވެފައިވީއިރު މި ސަރުކާރަށް ނޭނގުނީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފަ އެވެ.
އާދަމް ޝަރީފް ވަނީ މިވެރިކަމުގައި މިގޮތަށް ގެއްލިފައިވާ އަދި އިހުމާލުވެފައިވާ މީހުންގެ ވާހަކަ ނުދައްކަންވީ ކީއްވެތޯ އާއި މި މައްސަލަތައް ބެލުމަށް ހުރަސް އަޅަނީ ކާކުތޯވެސް ސުވާލު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ވެރިން މަރު ކޮމިޝަނަށް ހާޒިރު ކުރާނެ ދުވަސް ދުރެއް ނޫން ކަމަށެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަަރުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރު ކުރާތީ އެވެ. ރިޟްވާންގެ މައްސަލައިގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން 2018 ނޮވެމްބަރު 17 ވަނަ ދުވަހާއި ހަމަޔަށް ހިނގާފައި މިފަދަ ހާދިސާތަކާއި މަރުތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިބާ މަރު ކޮމިޝަނުގެ މެންޑޭޓުގައި ޝިމާ ގެއްލުނު ހާދިސާ ނުހިމެނޭތީ އެ ކޮމިޝަނުން އެ މައްސަލަ ނުބަލަ އެވެ.
ޝިމާގެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު