ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަން"އަށް މިރޭ ވިދާޅުވީ، މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
މިދިޔަ ދައުރެކޭވެސް އެއްފަދައިން ފެށޭ ދައުރުގެ ޖަލްސާތައްވެސް ބާއްވާނީ މަޖިލީހުގެ ތަޅުމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެންބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ، ދިރާސީ އަހަރުގެ ސްކޫލް ޗުއްޓީގެ ދުވަސްވަރާއި މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ދިމާވާ ގޮތަށް މަޖިލީހުގެ ދެވަނަ ދައުރު އަދި ތިންވަނަ ދައުރު ބަދަލު ކުރަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު