ތިން މަސްދުވަސް ފަހުން ގދ. ތިނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭ އިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ މިއަދު "ވަން" އަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ނުވާ ކަމަށެވެ. އެހެން ކަމުން ރަށުތެރޭގައި ބަލިނެތް ކަން ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. މި މުއްދަތުގެ ތެރޭގައި 900 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި ދެ މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.
މިހާރު މޮނިޓަރިންގައި އޮތީ 14 ރަށެކެވެ.
ޚަބަރު
ޚަބަރު