ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަބަލުން ފަޒްނާ އަހްމަދު އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލަންކާ އަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން މިއަދު ހެނދުނު 8:12ގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ އީދު ދުވަހު އެވެ. ރައީސްގެ ދެކަނބަލުން ވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މި ހަފުތާގައި އުތުރުގެ ތިން ރަށަކަށް ވެސް ވަޑައިގަންފައެވެ.
އީދު ބަންދާއި މިނަވަން ދުވަހާ ދިމާކޮށް 16 ދުވަހަށް ސަރުކާރު ބަންދުވާނެއެވެ. ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު