ބޮޑު އީދާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ އިރު، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަބަލުން ފަޒްނާ އަހްމަދު އަވަށްޓެރި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މިއަދު ލަންކާއަށް ވަޑައިގެންފައިވާ ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް މިއަދު ވަޑައިގެންފައިވާ އިރު، ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މި ހަފުތާގައި ވަނީ އުތުރުގެ ތިން ރަށަކަށް ވެސް ވަޑައިގަންފައެވެ.

އީދު ބަންދާއި މިނަވަން ދުވަހާ ދިމާކޮށް 16 ދުވަހަށް ސަރުކާރު ބަންދުވާނެއެވެ. އަނބުރާ ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.