ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފިއެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަނަކަށް އައްޔަނުކޮށްފައިވަނީ ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗެވެ. މި މަގާމަށް ޔޫޝައު އައްޔަނުކުރީ ބީއެމްއެލްގެ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
- މރ. ޓިމޮތީ ސޯޔާ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
- އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
- ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
- ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
- އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
- އަބްދުﷲ ހަސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ. ފުވައްމުލައް
- މުހައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ
އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ނ. ހޮޅުދޫ ނެލުން، އިބްރާހިމް މުހައްމަދާއި ގ. އުފާ، އަހުމަދު މުހައްމަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު