ގެންގުޅުނު ދަބަހުން ވަޒަންތަކެއް ފެނި ހައްޔަރު ކުރި ފަތުރުވެރިޔާގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހައިފި އެވެ.
މިމަހުގެ 10 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ މި ފަތުރުވެރިޔާގެ ދަބަހުން ވަނީ ވަޒަންތަކެއް ފެނިފަ އެވެ.
މި މައްސަލައާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފަތުރުވެރިޔާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 11 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ތިން ދުވަސް ޖެހި ކަމަށެވެ. އަދި އެ މުއްދަތު ހަމަވެ މިމަހުގެ 14 ވަނަ ދުވަހު އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުން ކުރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހާއްސަ ހުއްދައިގެ ދަށުން ބޭރުގެ ބައެއް ގައުމުތަކުގައި އާންމުންނަށް ފިސްތޯލަ އަދި ވަޒަން ގެންގުޅުމުގެ ހުއްދަ ދީފައިވާ ނަމަވެސް މިފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖޭގައި އާންމު މީހަކު މިފަދަ ހަތިޔާރު ގެންގުޅުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.
ވަޒަންތަކެއް ފެނުނީ އެއާޕޯޓަށް ފުރަންދިޔަ ނެމީބިއާގެ އުމުރުން 60 އަހަރުގެ ފިރިހެނެެއްގެ ދަބަހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު