ޚަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގުބޮޑު ކޮށްފި

މުއާވިޔަތު އަންވަރު

އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލާއެކު އެސްޓީއޯއިން ޑީސަލް ލީޓަރެއްގެ ވިއްކާނީ 10.95ރ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.72ރ. އަށެވެ. އެސްޓޯއިންވަނީ ޑީސަލް ލިޓަރަކުން 0.23 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.98 ލާރި ބޮޑުކޮށްފަ އެވެ.

އެންމެ ފަހުން އެސްޓީއޯއިން ޑީސަލް ލީޓަރެއްގެ ވިއްކާފައިވަނީ 10.72ރ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާފައިވަނީ 9.74ރ. އަށެވެ.

ކޮވިޑް-19 ބަލިމަޑު ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވުމަށްފަހު މިހާރު ވަނީ ބަލިމަޑުކަން ފެށުމުގެ ކުރިން ހުރި ވަރަށް އަގު އުފުލިފަ އެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ކުރިން މިއަހަރުގެ ފެބްރުއަރީ މަހުގައި ވެސް އެސްޓީއޯ އިން ވަނީ ތެލުގެ އަގުބޮޑުކޮށްފަ އެވެ.