މެދުމިނުގެ އިސްލާމްދީން އޮންނަ ކަމަށް ޕީޕީއެމުން ގަބޫލު ނުކުރާ ކަމަށް ވިދާޅުވެ އެޕާޓީގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީއަށް މިހާރު އާ އިއްތިހާދެއް ބޭނުންވާ ކަމަށާއި، އެ އިއްތިހާދަކީ އިންޑިއާ އައުޓް ނުގޮވައި، ނަފުރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކު ހަރާމް ނުކުރާ، އަދި ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށާއި ރައީސް އަބުދުﷲ ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ، ޕީޕީއެމުން ދުވަހަކުވެސް އިސްލާމްދީން ކޮމްޕްރަމައިޒް ނުކުރާނެ ކަމަށާއި އިސްލާމް ދީން އޮންނާނީ ﷲ ސުބްހާނަހޫ ވަތަޢާލާ ބާވައިލެއްވި ގޮތަށް ކަމަށެވެ.
"ޕީޕީއެމްއަކުން އިސްލާމްދީން ކޮމްޕްރަމައިޒެއް ނުކުރާނެ. މެދުމިނުގެ އިސްލާމްދީން އޮންނަ ކަމަށް ޕީޕީއެމް ގަބޫލެއް ނުކުރޭ. އިސްލާމްދީން އޮންނަނީ ﷲ ސުބުހާނަހޫ ވަތައާލާ ބާއްވައިލެއްވި ގޮތަށް" ޣައްސާން ވިދާޅުވި އެވެ.
މީގެ އިތުރުން ޣައްސާން ވިދާޅުވީ، ޕީޕީއެމުން އެހެން އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްވެސް ޑީލެއް ނުހަދާނެ ކަމަށާއި އެ ޕާޓީގެ މެންބަރުން ތިބީ ސާބިތުކަމާއެކު ރައީސް ޔާމީނާއެކުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު