ދިރާގުން ސެމްސަންގާ ގުޅިގެން ހެލްތު މިނިސްޓްރީއާއި އަައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް) އަށް 60 ސަމްސަންގް ގެލެކްސީ ޓެބްލެޓް ހަދިޔާކޮށްފިއެވެ.
އެ ޓެބްލެޓްތައް ހަދިޔާ ކުރީ އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޓެބްލެޓްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ސްރީލަންކާގެ ސެމްސަންގްގެ މެނޭޖިން ޑިރެކްޓަރު، ކެވިން ސަންގްސޫ އެވެ. މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާ ހަވާލުވެލެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ.
އެ ޓެބްލެޓްތައް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފައިވަނީ ކޮވިޑްގެ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެެރިވުމުގެ ގޮތުންނާއި ކޮވިޑް ކޮންޓްރޯލްކުރުމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓްރު ނަސީމް ވަނީ، ޓެބްލެޓްތައް ހަދިޔާކުރެއްވީތީ، ދިރާގާއި ސެމްސަންގަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޓެބްލެޓްތަކުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް އެހީއަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސެމްސަންގްގެ މެނޭޖިން ޑިރެކްޓާ ސްރީލަންކާ، ކެވިން ސަންގްސޫ ވިދާޅުވީ، ދަތި އުނދަގޫ ވަގުތުތަކުގައި ދިރާގާއި ގުޅިގެން ރާއްޖެއަށް އަބަދުވެސް އެއްބާރުލުންދިނުމުގައި ސެމްސަންގް ދެމި އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު