މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އުފައްދާ މިނަރަލް ވޯޓާ (ތާޒާ ފެން), ބިއްލޫރިފުޅީ ގައި ބަންދުކޮށްގެން އޮކްޓޫބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރެން ހަމަޖައްސައިފި އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރުމަކީ ކުންފުނީގެ އަމާޒެއް ކަމަށާއި އެ މަސައްކަތް ލަސްވީ ކޮވިޑާއި ގުޅިގެން ކުންފުންޏަށް ދިމާވި އިގްތިސޯދީ ދަތިތަކުގެ ސަބަބުން ކަަމަށެވެ.
ޝާހް ވިދާޅުވީ، އެކަމަށް ބޭނުންވާ މެޝިނަރީއަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްލާފައިވާ ކަމަށެވެ.
"އެކަމަށް ބޭނުންވާ މެޝެނަރީއަށް އަޅުގަނޑުމެން އެޑްވާންސް ޕޭމެންޓް ދައްކައިފިން. ފުޅި ސިލެކްޓް ކޮށްފިން. ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންސްޓޯލް ކުރެވޭވަރުވާނެ" ޝާހު ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން ގެންނަ މެޝިނަކީ ގަޑިއަކު 2،000 ފުޅި އުފެއްދޭ ވަރުގެ ކެޕޭސިޓީ ހުރި މެޝިނެކެވެ. އެގޮތުން ފުރަތަަމަ އެކުންފުނިން ބާޒާރަށް ނެރެން ނިންމާފައިވަނީ 500 އެމްއެލްގެ ފުޅިއާއި އެއް ލީޓަރުގެ ފުޅިއެވެ.
ބިއްލޫރިފުޅި އުފެއްދައި ބާޒާރަށް ނެރެން އެމްޑަބްލިޔުއެސްސީން ނިންމާފައި މިވަނީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު