މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އެވޯޑެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފި އެވެ.
ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާއަށް ލިބިވަޑައިގެންނެވީ، އެލުމްނައި ލީޑާޝިޕް އެވޯޑް 2021 އެވެ.
އެ އެވޯޑަކީ އައިއައިޔޫއެމުން ކިޔަވާފައި ތިބޭ މީހުންގެ ތެރެއިން ލީޑަޝިޕްގެ ލެވަލްގައި ފާހަގަ ކޮށްލެވޭ ފަރާތްތަކަށް އެ ޔުނިވާސިޓީން ދޭ އެވޯޑެކެވެ.
އެ އެވޯޑް ދޭނެ މީހުން ކަނޑައަޅަނީ އެކަމަށް އެކުލަވާލައިފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.
ސިޔާސީ ދާއިރާގައިވެސް ގިނަ ތަޖުރިބާތަކެއް ހުންނެވި ޑރ. ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު