ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
އެ ދެ މީހުން މުލިއާގެ ކައިރިއަށް ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރުދިނީ އެ ފޮށިގަނޑުގައި ބޮމެއް އޮތް ކަމަށް ބުނެއެވެ. އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެމީހުން ގެންގުޅުނު ސާމާނުތަކާއި އެ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އޭނާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާއެވެ.
ނަމަވެސް ކޯޓަށް ގެންދަން ނިންމާފައި ވަނީ ކޮން އިރަކުން ކަމެއް ނުބުނެއެވެ.
މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު