މުލިއާގެ ކައިރިން ދިޔަ ދެ މީހެއްގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މުލިއާގެ ކައިރިން ދިޔަ ދެ މީހަކު، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް، އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.
ނަމަވެސް ”ވަން“ގެ ނޫސްވެރިން މުލިއާގެ ސަރަހައްދަށް ދިޔަ އިރު، އެ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ހަތިޔާރާ އެކު ތިބި ސިފައިން އޮފިސަރުން ފިޔަވައި އެ ސަރަހައްދުގައި އިތުރު ބަޔަކު ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު