ތިރީސް މީހުނަށް ވުރެ ގިނަ ނުވާނެ ގޮތަށް އެއްވުންތަކާއި ހަފުލާތަކަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެން، ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު މިއަދު ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ.

އެ ލުއިތައް އިއުލާނު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ތިރީސް މީހުނަށް ވުރެން މަދު ނޫން މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް ކުޅިވަރު މުބާރާތްތައް އަދި ނުބޭއްވޭނެ ކަމަށެވެ.

"މީހުން އެއްވެ ބާއްވާ ފިޒިކަލް އިވެންޓްތައް ބޭއްވުމުގައި ތިރީސް މީހުނަށްވުރެން މަދު މީހުން އެއްވެ ބާއްވާ އެއްވުންތައް ބޭއްވުމަށް ހުއްދަ ދިނުމަށް މިހާރު މިވަނީ ނިންމިފައި،" މަބްރޫކް ވިދާޅުވި އެވެ.

މިއަދު ދިން ލުއިތަކުގެ ތެރޭގައި، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ނަތީޖާއަކާ އެކު ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ވަނީ ލުއި ދީފަ އެވެ.