ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި ލަންކާއިން ހައްޔަރު ކޮށްފައިވާ ދިވެއްސަކީ ދިރާގުގެ ކުރީގެ ޗެއާމަން މުހައްމަދު އަޝްމަލީކަން "ވަން" އަށް ކަށަވަރުވެއްޖެ އެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އެ ގައުމުގެ ނިއުސް ފަސްޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާން އެސްޑީއައިޖީ އަޖިތް ރޯހާނާ "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ، ހައްޔަރު ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރަކަށްވެސް ހުންނެވި އަޝްމަލީ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ އިއްޔެ ހެނދުނު 9:50 ގައި ކަމަށް ވިދާޅުވިއެވެ.
އަޖިތް ވިދާޅުވި ގޮތުގައި، އަޝްމަލީގެ މައްޗަށް ކުރަނީ 15 އަހަރުގެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.
މައުންޓް ލެވިނިއާގައި ކުޑަކުދިން ލައްވައި ހަށި ވިއްކަމުން ދިޔަ މައްސަލައެއްގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަވެސް ހިމެނޭ ކަމަށެވެ.
އަދި އެ ކުއްޖާ ވިއްކުމަށް ސޯޝަލް މީޑިއާގައިވެސް އިސްތިހާރު ކުރި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އުލުނު މީހާ މިދިޔަ ޖޫން މަހުގެ ކުރީކޮޅު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު