ކޮވިޝިލްޑުގެ އިތުރު ޝިޕްމެންޓެއް މިއަދު ލިބިފައިވާ ކަަމަށާއި ދެ ވަނަ ޑޯޒް ޖެހުން ނުހުއްޓި ކުރިއަށްދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު މިރޭ "ވަން" އަށް ވިދާޅުވީ ކޮވިޝިލްޑްގެ އިތުރު ޝިޕްމެންޓެއް މިއަދު ލިބިފައިވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަދަދެއް ވިދާޅެއްނުވިއެވެ.
"ލިބިފައި ވަނީ ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ޖެހުން މެދުނުކެނޑި ކުރިއަށްދާ ވަރަށް. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވެކްސިން ލިބޭނެ،" ތަސްލީމާ ވިދާޅުވިއެވެ.
ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި ކޮވިޝިލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ކޮވިޝިލްޑުގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދޭން މާދަމާ ފަށާނެ ކަމަށް އެޗްޕީއޭ އިން މިރޭ ވަނީ ބުނެފައެވެ.
އިތުރު ވެކްސިން މިއަދު ލިބިފައިވާ އިރު، މި މަހުގެ 20ގެ ކުރިން އެސްޓްރާޒެނެކާގެ އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު