ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުރުމާއި މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުުގެ ދަށުން، އޯޕީޑީ އިމާރާތުގެ މަސައްކަތުގެ 71 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ ކޮންކްރީޓް، މެޝިނަރީ އަދި ރޫފިންގެ މަސައްކަތްތައް އެއްކޮށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ހެލްތު މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 33.5 މިލިއަން ރުފިޔާ އަށެވެ.