ކަނޑައެޅޭ ވަކި އުސޫލަކުން، ސައުތު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ މަހުން ފެށިގެން ދެކުނު އޭޝިއާ ގައުމުތަކުގެ މަސައްކަތްތެރީންނާއި ފަތުރުވެރީން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސައުތު އޭޝިއާގެ ގައުމުތަކުގައި ރައްޔިތުންނަށް ކަނޑައެޅޭ އުސޫލުތަކެއްގެ މަތީން ވޯކް ޕާމިޓްގައި ރާއްޖެ އާދެވޭ ކަމަށެވެ. ނަމަވެސް ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސައުތު އޭޝިއާގެ ފަތުރުވެރިންނަށް އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް އާދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލު ކުރަން ފަށާނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭޝިއާގެ ހާލަތަށް ބަލާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭޝިއާގެ ގައުމުތަކުން ރާއްޖެ އެތެރެވުން މާނަކޮށްފައިވަނީ، ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމާ ގުޅިގެންނެވެ. އެގޮތުން ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ އަވަށްޓެރި އިންޑިއާގައެވެ. އަދި އިތުރު ގައުމުތަކުގައިވެސް ކޮވިޑްގެ ހާލަތު އަދިވެސް ގޯހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު