މާލޭގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ކާރެއް ބަލައި ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ މަރާލާފައި އޮތް ކުއްޖެއްގެ ހަށިގަނޑު ހުޅުމާލޭ ފޭސް2ގެ މޫދުން ފެނުނު މައްސަލައާ ގުޅިގެން ކާރެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
"ތަހުގީގު ކުރިއަށްދާތީ މިވަގުތު އިތުރު ތަފްސީލު ދެވޭކަށް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އުމުރުން 13 އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ފޭސް2 ގެ މޫދުން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރު ފެނުނުއިރު، އޮތީ ފޮއްޓަކަށް ލާފަ އެވެ.
މިކަމާ ގުޅޭގޮގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް