މިސްކިތްތަކުގެ ހުރަމަތްކަނޑައި އެތަނުގެ ތެރޭގައި މަސްތަކުވާތަކެތި ބޭނުންކޮށް، ކައިބޮއި ނިދާ ހަދާ މައްސަލައިގައި އެކަން ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި ބަހުސް ކޮށްފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
މި މައްސަަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، މިސްކިތްތަކަށް ވަދެ، އެތަނުގެ ތެރޭގައި މަސްތުވެ، ކައިބޮއި، ނިދައި ފެންވަރައި، މިސްކިތްތަކުގެ ހުރުމަތްކެނޑުން އާއްމުވެފައިވާ ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ބަލަައިގަނެ ބަހސުްކުރަން ފެނޭތޯ ނެގި ވޯތުގަިއ އެގޮތަށް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 33 ގެ ތެރެއިން 31 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑާ ގުޅިގެން މާލޭގެ މިސްކިތްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ ވިޔާނުދާ އަމަލުތައް ހިންގަމުން ދާ ކަމަށާއި، އެގޮތުން މިސްކިތްތަކުގައި، މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން ފަދަ ކުށްތައް ކުރަމުންދާ ކަަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ ހަތް މިސްކިތެއްގައި، މަސްތުވާތަކެތީގެ މުއާމަލާތް ކުރާ ކަމަށް ހަބަރުތައް ބުނާ ކަމަށާއި، އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން، ކަށަވަރުކޮށް، އެތަންތަން ހިމާޔަތްކުރުމަށްޓަކައި، އެތަންތަނުގައި އެބާވަތުގެ އަމަލުތައް ނުހިންގޭނެ ގޮތަކަށް ކަންތައްތައް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މިސްކިތްތަކުގައި ހިންގާ ހަޑިމުޑުދާރު އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ޝަރީފް ވަނީ ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު