މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ނަރީޝް އިންތިހާބު ކޮށްފި އެވެ.

ނަރީޝް އާއެކު މި މަގާމަށަ ދެން ވާދަކުރީ އެމްޑީޕީ ޓިކެޓުގައި މައްޗަންގޯޅި މެދު ދާއިރާއަށް ހޮވުނު އަހުމަދު ޒަމީރެވެ. ނަރީޝް ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބު ކޮށްފައިވަނީ މިއަދު މާލޭ ސިޓީ ކައުންސިލްގައި ބޭއްވި ސިއްރު ވޯޓަކުންނެވެ. މި އިންތިހާބުގައި ޒަމީރަށް ހަތް ވޯޓު ލިބުނު އިރު ނަރީޝް މި މަގާމަށް ހޮވުނީ 12 ވޯޓުންނެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަށް ހޮވުނު މެންބަރުންގެ މެދުގައި އިއްޔެ ވޯޓުލުން ކުރިއަށް ގެންދިޔަ އިރު އެންމެ ގިނަ ވޯޓު ލިބުނީވެސް ނަރީޝް އަށެވެ. ނަރީޝް އާއި ދެން ވާދަކުރީ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ އާއި ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

މާލޭ ސިޓީ ކައުންސިލް އިންތިހާބުވީ ފަހުން އެމްޑީޕީ ނޫން ޕާޓީއަކަށް އެ ކައުންސިލްގެ މެޖޯރިޓީ ލިބުނު މިއީ ފުރަތަމަ ފަހަރެވެ.