މާލޭ މާފަންނު ބިސްބުރު ކައިރީގައި ހުންނަ ގުދަނަކުން ބޮޑު ހަރުފައެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ ހަރުފަ ފެނިފައިވާކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 11:00ގައި ލިބިފައިވާ ކަމަށާއި އެއީ ''ފުދޭ ވަރަކަށް ބޮޑު'' ހަރުފައެއް ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަރާތުން އެ ހަރުފަ ހިފައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް އޭތި ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާ އިރު މިއީ ބޯލް ޕައިތަންއެއް ކަމަށް ބެލެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު