އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފި އެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު އެސްޓީއޯއިން ޑީސަލް ލީޓަރެއްގެ ވިއްކާނީ 10.72ރ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 9.74ރ. އަށެވެ. އެސްޓޯއިންވަނީ ޑީސަލް ލިޓަރަކުން 0.93 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 ލާރި ބޮޑުކޮށްފަ އެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެގޮތުން ޑީސަލް ލީޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 37 ލާރި ވަނީ ބޮޑުކޮށްފަ އެވެ.
ކޮވިޑް-19 ބަލިމަޑު ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ބަލިމަޑުކަން ފެށުމުގެ ކުރިން ހުރި ވަރަށް އަރައިފަ އެވެ.