ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ ތެރެއިން ދޫކުރާ އެފޯޑަބްލް ހައުސިން ޔުނިޓުތަކާއި ކައުންސިލް ހައުސިންގެ އަގުތައް އާއްމުކޮށްފި އެވެ.
އެފޯޑަބްލް ހައުސިން ޔުނިޓްތަކަކީ ކުލިދައްކަމުން ގޮސް އަމިއްލަ ކުރެވޭގޮތަށް ގާއިމްކުރާ ހައުސިން ޔުނިޓްތަކެެކެވެ. ނަމަަވެސް ކައުންސިލް ހައުސިން އަކީ އަމިއްލަ ކުރެވޭ ހައުސިން ޔުނިޓްތަކެއް ނޫނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހައުސިން ޔުނިޓްތަކުގެ އަގުތައް ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ސަރުކާރުން އެޕޯލޯ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގައި ނުވަ ޓަވަރެއް ހިމެނޭއިރު، އެފޯޑަބްލް ހައުސިން ޔުނިޓްގެ ގޮތުގައި، 120 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށާއި ކައުންސިލް ހައުސިންގެ ގޮތުގައިވެސް 120 ހައުސިން ޔުނިޓް ހިމެނޭ ކަމަށެވެ.
އެޕޯޑަބަލް ހައުސިންގައި ދެ ކޮޓަރީގެ ޔުނިޓް އާއި ތިން ކޮޓަރި ހިމެނޭއިރު، ދެކޮޓަރީގެ ޔުނިޓް ނިމޭއިރު އެތަންތަނުގެ ކުލި ހުންނާނީ 8،600 ގައި ކަމަށާއި ތިން ކޮޓަރީގެ ޔުނިޓްގެ ކުލީގެ އަގަކީ 13،000 ރުފިޔާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެފޯޑަބްލް ހައުސިން ޔުނިޓްގެ ގޮތުގައި ހިމެނޭ ދެ ކޮޓަރީގެ ހައުސިން ޔުނިޓެއްގެ ސައިޒަކީ 650 އެވެ. އަދި ތިން ކޮޓަރީގެ ހައުސިން ޔުނިޓްގެ ސައިޒަކީ 900 އަކަފޫޓެވެ.
މަބްރޫކް ވިދާޅުވީ، ކައުންސިލް ހައުސިންގެ ދެ ކޮޓަރީގެ ޔުނިޓުގެ އަގަކީ 5،500 ރުފިޔާ ކަމަށާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓްތައް ނިމޭއިރު އެތަންތަނުގެ ކުލި އުޅޭނީ 7،000 ރުފިޔާއަށް ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، މިޑް ލެވެލްގައި 750 އަކަފޫޓުގެ 160 އެޕާޓްމަންޓް އަދި ތިން ކޮޓަރީގެ 1000 އަކަފޫޓުގެ 500 އެޕާޓުމަންޓް ތަރައްގީކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އެޕޯލޯއާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު