އައިޝަތަކީ މަދަރުސާއެއްގެ ޓީޗަރެކެވެ. އެއްދުވަހަކު އައިޝަތު އޭނަގެ ދަރިވަރުންގެ އިމްތިހާނު ކަރުދާސްތަކެއް މާކު ކުރަން އޭނާގެ ގޭގެ ސިޓިންރޫމްގެ ސޯފާގައި އިށީނދެލައިގެން އިނެވެ. އޭނާގެ ފިރިމީހާ އަލީވެސް ކައިރީގައި ސޯފާއެއްގައި އިށީނދެލައިގެން ފޯނުން ގޭމެއް ކުޅެން އިނެވެ. ކުއްލިއަކަށް އައިޝަތަށް ރޮވެން ފަށައިފިއެވެ.
"ކީއްވެ ރޮނީ؟" އައިޝަތުގެ ފިރިމީހާ އަލީ ސުވާލުކޮށްލިއެވެ.
"އިއްޔެ އަހަރެންގެ ދަރިވަރުން ކައިރީގައި "އަހަރެން ބޭނުންވަނީ" މިސުރުހީގެ ދަށުން ޕެރެގްރާފެއް ލިޔަން ކަމަށް ބުނިން" އައިޝަތު ޖަވާބު ދިނެވެ.
އެހެންވެގެންތަ ތިރޮވެނީ؟" އަލީ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ދެންމެ ނެގުނު ކަރުދާހުގަ ލިޔެފަ އޮތް އެއްޗަކުން އަހަރެން ވަރަށް ދެރަވެ ހިތުގަ ޖެހިއްޖެ، އެހެންވެ މިރޮވެނީ" އައިޝަތު ޖަވާބު ދިނެވެ.
"ކޮން ވާހަކައެއްތަ އެކަރުދާހުގަ އޮތީ؟"އެކަރުދާސް ކިޔާފަ ތިވަރަށް ރޮވެންވީ ކީއްވެ؟" އަލީ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"އަޑުއަހާ!، އަހަރެން އެކަރުދާސް އަލީއަށް ކިޔައިދޭނަން" ލޮލުން ކަރުނަތައް ފޮހެމުން އައިޝަތު ޖަވާބު ދިނެވެ.
"އަހަރެންގެ މަންމައާއި ބައްޕަ އެ ދެމީހުންގެ ފޯނުދެކެ ވަރަށް ލޯބިވޭ، އަދި ވަރަށް އަޅާލާ. އެމީހުން ކިތަންމެ މުހިއްމު މަސައްކަތެއްގަ ތިބެފަވެސް ފޯނެއް އަންނައިރަށް ވަގުތުން ފޯނަށް ޖަވާބުދޭނެ. އެކަމަކު އަހަރެން ކިތަންމެ ވަރަކަށް އެމީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ސަމާލުކަމެއް ނުދޭނެ. ބައެއްފަހަރު އަހަރެން ރުއީމަވެސް އަޅައިނުލައި ފޯނާ ކުޅެން ތިބޭނެ. އަހަރެން ކިތައްމެ މުހިއްމު ވާހަކައެއް ބުނަން އުޅުނަސް އަޅައެއްނުލާ. އެހެންވީމަ އަހަރެން ބޭނުންވަނީ ފޯނަކަށް ވާން. އޭރުން އަހަރެންނަށް އެމީހުންގެ ސަމާލުކަން އަބަދުވެސް ލިބޭނެ"
އައިޝަތު އޭނާގެ ފިރިމީހާޔަށް އެ ކަރުދާހުގައި އޮތް ޕެރެގްރާފް ކިޔައިދިނެވެ. އޭރު އަލީއަށްވެސް ހުރެވުނީ ރޮވިފައެވެ.
"ކާކު ލިޔުނު ކަރުދާހެއްތީ؟" މަޑުމައިތިރި ކަމާއެކު އަލީ ސުވާލު ކޮށްލިއެވެ.
"އަހަރެމެންގެ ދަރިފުޅު މުހައްމަދު.." ލޮލުން ކަރުނަތައް ފޮހެމުން އައިޝަތު ޖަވާބު ދިނެވެ.
އިބުރަތް: ފޯނުގެ ބޭނުން ރަނގަޅުގޮތުގައި ހިފާށެވެ. ފޯނު އަދި އެ ނޫންވެސް ޒަމާނީ ވަސީލަތްތަކަކީ އަހަރެމެންގެ ދިރިއުޅުން ފަސޭހަކުރުމަށް ހުންނަ ތަކެއްޗެވެ. އެއީ އަހަރެމެންގެ ދިރިއުޅުމަށް ބާރު ފޯރުވާ އަހަރެމެންގެ އަނބި ދަރީންނާއި، ގާތްތިމާގެ މީހުންނާއި އަދި ރައްޓެހިންނާ ދުރުކޮށް، ގުޅުން ހީނަރުކުރަން ހުންނަ އެއްޗެއް ނޫނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް