ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެ، ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 197 އަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭ ފަތިހު 4:47 ގައި މަރުވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 197 އަށް އަރާފަ އެވެ. އެއީ 182 ދިވެހީންނާއި 15 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.