ކޮވިޑް-19 ޖެހިގެން ލ. އަތޮޅުން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ލ. ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 92 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 10:54 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑުގައި ލ. އަތޮޅުން މަރުވި ހަ ވަނަ މީހާއެވެ. އަދި ކޮވިޑުގައި މިއަދު މަރުވި ތިން ވަނަ މީހާއެވެ.

މިއަދު އެންމެ ފުރަތަމަ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 84 އަހަރުގެ ދިވެހި އަންހެނެކެވެ. ދެވަނައަށް މަރުވީ އުމުރުން 25 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މެންދުރު 12:43 ގަ އެވެ.

މި ތިން މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 195 އަށް އަރައިފައެވެ. އެއީ 180 ދިވެހިންނާއި 15 ބިދޭސީންނެވެ.