ކޮވިޑު ޖެހިގެން ރާއްޖެ އިން އިތުރު މީހަކު މަރު ވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 191 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އުމުުރުން 94 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ކޮވިޑުގައި މިއަދު ހެނދުނުވެސް ވަނީ މީހަކު މަރުވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 77 އަހަރުގެ ފިރިހެނެކެވެ.
މި ދެ މަރާއެކު ކޮވިޑުގައި ރާއްޖެ އިން މަރުވި 191 މީހުންގެ ތެރެއިން 176 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު