ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ހާލު ދެރަވެގެން ދެއްވަދުއަށް ދަތުރު ކުރާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:40 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމީހާ ދެއްވަދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު