ދެ ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދު ކޮށްގެން ކ. އަތޮޅުގެ އުތުރުގައި ތަރައްގީ ކުރި ފަސް ތަރީގެ ކުޑަ ވިލިނގިލި ރިސޯޓު ހުޅުވައިފިއެވެ.
ހަ ހެކްޓަރުގެ ކުޑަ ވިލިނގިލިއްޔަކީ 2013 ވަނަ އަހަރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް އަތުން އޮމާންގެ ކުންފުންޏެއް ކަމަށްވާ އެމްފާއިން ގަތް ރަށެކެވެ. އެމްފާގެ ވެރިޔަކީ އިންޑިއާއަށް އުފަން އޮމާންގެ ވިޔަފާރިވެރިއެއް ކަމަށްވާ، ޑރ. ޕީ. މުހައްމަދު އަލީއެވެ. އޭނާއަކީ އިންޑިއާގެ 12 ވަނަ އަށް އެންމެ މުއްސަނދި މީހާއެވެ.
ކުޑަވިލިނގިލި ރިސޯޓު ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ އެ ރިސޯޓަށް އައި ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ވެސް ކިޔައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަރީފު ސަންޖޭ ސުދީރެވެ.
ފަންސާސް އަހަރަށް ކުއްޔަށް ދީފައިވާ ކުޑަ ވިލިނގިލީގައި ތަރައްގީ ކޮށްފައިވާ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 30 ވަރަކަށް މިނެޓު ތެރޭގައި ދެވޭ ދުރުމިނެއްގައި އޮންނަ ރިސޯޓެކެވެ.
މި ރިސޯޓުގައި 59 ބީޗު ވިލާ އާއި 36 މޫދު ވިލާ ހަދާފައިވާ އިރު، ކޮޓަރިތައް ފަރުމާ ކޮށްފައި ވަނީ ރާއްޖޭގެ އާކިޓެކްޗަރަލް ފާމެއް ކަމަށްވާ ޖީއެކްސް އެސޯއިއޭޝަނުންނެވެ. މި ރިސޯޓުގައި 150 މީޓަރުގެ ޕޫލެއް ހަދާފައިވެއެވެ.
މި ރިސޯޓުގެ އަގުތައް އުޅެނީ ހެނދުނު ނާސްތާއެކު ރެއަކަށް 1000 އެމެރިކާ ޑޮލަރުން މަތީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު