ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބުރިޖު ބީމުގެ ކޮންކުރީޓު މަސައްކަތްތައް ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނި ގޮތުގައި، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން، 18،500 އަކަ މީޓަރުގެ އާ ހާބާ ބޭސިން ފުންކުރުމާއި 25،000 އަކަ މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ފެބްރުއަރީ 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު