ކޮވިޑު ރިލީފްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުން ލަސްވަނީ މުވައްޒަފުންގެ ދަތިކަމާ ހުރެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ހާލަތު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައިވާތީ ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ވިޔަފާރިތަކަށް އެސްއެމްއީ ލޯނު ދޫކުރަން ނިންމާފައެވެ.

މިނިސްޓަރު ފައްޔާޒް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖިމްތަކާއި ސެލޫންތަކާއި ކެފޭ ރެސްޓޯރެންޓްތައް ފަދަ ވިޔަފާރިތަކަށް ލޯނު ދޫކުރުން ލަސްވަނީ ކޮވިޑްގެ ހާލަތުގެ ސަބަބުން ކަމަށެވެ.

"މިނިސްޓްރީގެ ގިނަ މުވައްޒަފުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުން. މިކަމާ ހުރެ ގިނަ ވަގުތު ނަގާ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ، މުވައްޒަފުން ޕޮޒިޓިވް ވި ނަމަވެސް ވަރަށް އަވަހަށް އެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ކަމަށެވެ.