ބާ ކައުންސިލުގެ އެކްސްކޯ އިން ގާނޫނީ ވަކީލު އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ސެކެރެޓަރީ ޖެނަރަލް އަނަސް އަބްދުލްސައްތާރު އިސްތިއުފާ ދެއްވައިފި އެވެ.
ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބާ ކައުންސިލުން ބުނީ އެކްސްކޯ އިން އަނަސް އިސްތިއުފާ ދެއްވާފައިވަނީ މިއަދުން ފެށިގެން ކަމަށާއި، މަގާމުގައި ހުންނަވައިގެން ބާ ކައުންސިލަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ބާ ކައުންސިލު އެކްސްކޯ އިން އަނަސް އިސްތިއުފާ ދެއްވުމުން މިހާރު އެކްސްކޯގައި ތިއްބަވާނީ، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އާއި ނައިބު ރައީސް އަބްދުﷲ މުއިއްޒުގެ އިތުރުން ހަ މެންބަރުންނެވެ. އެއީ އަނާރާ ނައީމް އާއި މުހައްމަދު ފައިސަލްއާއި އަހްމަދު މުއިއްޒާއި ނޫރުބާން ފަހުމީގެ އިތުރުން މުހައްމަދު އަސީލް ހަސަނެވެ.
ރައީސް އާއި ނައިބް ރައީސް ނުލައި ހަތް މެންބަރުން ތިއްބަވަން ޖެހޭ ބާ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާނެ ތާރީއެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.
ބާ ކައުންސިލް
ބާ ކައުންސިލް
ބާ ކައުންސިލް
ބާ ކައުންސިލް