ޕޭޕަރުތައް ލީކުވެ ކެންސަލްކުރި އޭ ލެވެލް އިމްތިހާން ފުރިހަމަ ކުރަން ބޭނުންވާ 74 ދަރިވަރަކަށް އަންނަ މަހުގެ ތެރޭގައި ޓީޗާ ބޭސްޑް އެސެސްމަންޓްތައް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، އޭ ލެވެލް އިމްތިހާނަށް އައި ބަދަލާއެކު މިއަހަރުގެ މޭ/ޖޫންގައި އިމްތިހާނު ހަދަން އޮތް ގިނަ ދަރިވަރުން އިމްތިހާނު ހަދާނީ އޮކްޓޫބަރު/ ނޮވެމްބަރުގައި ކަމަށެވެ.
އިހުސާން ވިދާޅުވީ، އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނު ހަދަން ބޭނުން ނުވާ ދަރިވަރުންނަށް ދޭނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް ކަމަށާއި އެގޮތުން މިހާތަނަށް 74 ދަރިވަރަކަށް އެސެސްމަންޓް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"74 ދަރިވަރަކު މި ހިނގާ ޖޫން މަހުގެ ތެރޭގައި ޓީޗާސް ބޭސްޑް އެސެސްމަންޓްތައް ކުރިއަށް ގެންދާނެ. މި 74 ދަރިވަރުން ނިސްބަތްވަނީ 14 ސްކޫލަކަށް." އިހުސާން ވިދާޅުވިއެވެ.
އެ އެސެސްމަންޓުތައް ތައްޔާރުކުރާނީ އެ ސްކޫލެއްގެ ޓީޗަރުންނެވެ. އެސެސްމަންޓުތައް ތައްޔާރުކުރުމުގައި އެޑެކްސަލްގެ އެހީތެރިކަން ލިބޭނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު