ރ. މަޑުއްވަރީގައި މިހާތަނަށް ބޭއްވި އެންމެ ފޯރިގަަދަ، އެންމެ ފެންވަރު ރަނގަޅު އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޓީމު ވާލުން ހޯދައިފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ޓީމު ވާލުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވާލުގެ ހަސަން އިރުފާން ދެ ގޯލު ޖަހައި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވެއެވެ.
އެޓީމުގެ އަނެއް ދެ ގޯލު ޖަހައިދިނީ އަހުމަދު ނާހީ އާއި ރިލްވާން ނައީމެވެ. ޓީމު ވާލު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެއެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗުގައި އެފްސީ ޔުނައިޓެޑުން ޖެހި ދެ ގޯލް ޖަހައިދިނީ ހަސަން ރިޒާންއެވެ.
އަށް ޓީމު ވާދަކުރި މުބާރާތުގެ ފައިނަލަށް މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުވެސް ރޭ ވަނީ ބާއްވައިފައެވެ. އެގޮތުން މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިވާ އިރު، ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމު ދީފައިވެއެވެ. އޭގެ އިތުރުން ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމު ދީފައިވެއެވެ.
1- ހަސަން ރިޒާން / އެފްސީ ޔުނައިޓެޑް
2- ޝައްމޫން އިލިޔާސް/ އެފްސީ ޔުނައިޓެޑް
3- ހުސައިން ޝަރީފް/ ޓީމު ވާލު
4- އިރުޝާމް/ ޓީމު ވާލު
5- އަލީ ހަމީޒް/ ބީބީ ނިއުޖެނެރޭޝަން
މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ލައިކަންސްގެ ޖައިލަމް ޖަމީލް ހޯދި އިރު، އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބިފައި ވަނީ ލައިކަންސްގެ މާއިޝް މުހައްމަދަށެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކޮށްފައިވާ އިރު، ރޭގެ ފައިނަލް މެޗު ވަނީ "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށް ގެނެސްދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު