ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެނގިފައިވެ އެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ އަށް މަރުވީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ތިން ވަނަ އަށް މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ 69 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ހަތަރު މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 155 އަށް އަރައިފަ އެވެ. އެއީ 141 ދިވެހިންނާއި 14 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.