ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކުގެ ކުރީގެ އެކްޓިން ޗީފް ޑރ. ޝާންތާ ދޭވްރާޖަން ހަމަޖައްސައިފިއެވެ.
ޝާންތާ އެޑްވައިޒަރަކަށް އައްޔަން ކުރައްވާފައިވަނީ މިއަދުއެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޑރ. ޝާންތާގެ ލަފަޔާއި އިރުޝާދުގެ ދަށުން އިގުތިސާދު އަލުން އާރާސްތު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަރާތްތަކާ އޮންނަ ގުޅުންވެސް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގުތިސާދީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. ޝާންތާ އަކީ ވޯލްޑް ބޭންކުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޖޯޖްޓައުން ފަދަ ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުކަންވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު