ކޮވިޑް ފެތުރޭތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާތީ މާދަމާއިން ފެށިގެން އަންނަ މަހުގެ 10 އެއްގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރަން އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން ބޭންކުން ވަނީ ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގެ ހިދުމަތް ހޯދުމާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސް ކޮށްފައެވެ.
ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރި ނަމަވެސް ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފުތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގެ ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ.
ބީއެމްއެލުން އިތުރަށް ބުނީ މަޒުކަޒީ ބޭންކް، އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު