ރ މަޑުއްވަރިން ކޮވިޑް ކޭހެއް ފެނި އެރަށް މޮނީޓަރިންގެ ހާލަތަށް ލުމާއެކު މެދުކަނޑާލި ބްލޫ ޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ކުޅުން އަނެއްކާވެސް މިރޭ ފަށަން ނިންމައިފި އެވެ.
މުބާރާތުގައި މިރޭ އޮންނާނީ ސެމީ ފައިނަލް ދެ މެޗެވެ. މިރޭ ފުރަތަމަ އޮންނަ މެޗުގައި ވާދަކުރާނީ އެފްސީ ޔުނައިޓެޑް އަދި އެފްސީ ލައިކަންސް އެވެ. އެ މެޗު އޮންނާނީ 8:45 ގައެވެ. ދެވަނަ މެޗު 9:45 ގައި އޮންނައިރު، އެ މެޗުގައި ޓީމް ވާލު ނުކުންނާނީ ބީބީ ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ.
މިމަހު 11 ވަނަ ދުވަހު މަޑުއްވަރި މޮނިޓަރިންނަށް ދިޔައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ވަނީ ނިމިފައެވެ. މުބާރާތް ކުރިއަށް ގޮސްފައިވަނީ ވަރަށް ފޯރިގަދަ ކޮށެވެ. އަދި މުބާރާތުގެ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އިންތިޒާމް ކުރި ފަރާތުން ވަނީ މައުލޫމާތު ދީފައެވެ. އެރަށުން މީހަކު ޕޮޒިޓިވް ވެފައިވާއިރު، މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައި ވަނީ މުބާރާތުގެ މެޗުތައް ފަސްކުރަން ޖެހުމަކީ ޓީމުތަކަށް ލިބުނު ގެއްލުމެއް ނަމަވެސް، ސަލާމަތާއި ރައްކާތެރިކަމަށް ވަކި ގޮތެއް އަންގަންދެން މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި ވާލު ސެމީއަށް ދަތުރު ކޮށްފައިވާއިރު، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ އެފްސީ ލައިކަންސްއެވެ. ގްރޫޕް އޭގެ އެއްވަނަ އެފްސީ ޔުނައިޓެޑުން ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ބީބީ ނިއުޖެނެރޭޝަންއެވެ.
މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު