ގއ. ކޮނޑޭ ކައުންސިލުގެ ރައީސަކު ހޮވުމަށް ނެގި ވޯޓު އަލުން ގުނުމުން ވެސް ނަތީޖާއަށް ބަދަލު އައިސްފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ކޮނޑޭ ކައުންސިލްގެ ރައީސަކު ހޮވުމަށް ނެގި ވޯޓު އަލުން ގުނުމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.
އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ހައި ކޯޓުގެ އަމުރާ ގުޅިގެން ކޮނޑޭ ކައުންސިލްގެ ރައީސަކު ހޮވުމަށް ވޯޓުލީ ތިން ފޮށި ގުނުމުން ވެސް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން އިއުލާނު ކޮށްފައިވާ ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ދެ ވޯޓުގެ ތަފާތަކުން އިންތިހާބުން ނާކާމިޔާބު ވި ޝުއައިބު މުހައްމަދު ދީދީއެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ޝުއައިބަށް 128 ވޯޓު ލިބުނު އިރު މިހާރުވެސް ކޮނޑޭ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަދި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު އަބްދުލްހަކީމަށް ލިބުނީ 130 ވޯޓެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 393 މީހުން ދިރިއުޅޭ ކޮނޑޭގައި، ކައުންސިލުގެ ރައީސް ކަމުގެ އިންތިހާބުގައި ވޯޓުލާފައި ވަނީ 337 މީހުންނެވެ. ބާތިލު އޮތީ 15 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު